Monday, November 2
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްދީފި

މަސްވެރިން މިފްކޯއަށް ކިރާފައިވާ މަހަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްދީފިއެވެ.

މަސްވެރިން މިފްކޯއަށް ކިރާފައިވާ މަހުގެ ފައިސާގެ އެންމެ ފަހުގެ ތަފްސީލު ހާމަކޮށް، މިފްކޯއިން ބުނީ މަސްވެރީންގެ ފައިސާ ސަރުކާރުން މި ހަފްތާގައި ޖަމާކޮށްދޭނެ ކަމަށް މިފްކޯއިން ބުނެފައިވާއިރު، އިއްޔެ އޮޑިވެރިންނަށް 17,350,903 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށެވެ.

އެއީ 24 އޮގަސްޓުން ފެށިގެން 25 ސެޕްޓެމްބަރު މަހުގެ ނިޔަލަށް މިފްކޯއަށް ކިރި މަހަށްވާ ފައިސާ ކަމަށް މިފްކޯއިން ބުންޏެވެ.

މި ސަރުކާރު އައިއިރު މަސްވެރިންނަށް ކުރީގެ ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ ނުދީ ހުރުމުން ފައިސާ ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އެ ގޮންޖެހުންތަކާއެކު ވެސް މި ސަރުކާރުން ވަނީ މަސްވެރިންނަށް ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައެވެ.

އިއްޔެ ޖަމާކޮށްދިން 17 މިލިއަން ރުފިިޔާއާއެކު މި ސަރުކާރުން މިހާރު ވަނީ މަސްވެރިންނަށް 879 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު