Saturday, October 31
އާރޓްސް އެންޑް ކަލްޗަރ ސެންޓަރެއް ގާއިމުކުރުމަށް ސޮއިކޮށްފި

އާރޓްސް އެންޑް ކަލްޗަރ ސެންޓަރެއް ގާއިމުކުރުމަށް މޯލްޑިވިސް ޕޮލިޓެކްނިކާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ.

މި އެއްބަސްވުމުގައި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ސިއީއޯ، ޛޫޝާން ކަމާލުއްދީންއެވެ. ބީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ޗީފް ސްޓްރެޓެޖިކް އޮފިސަރ، މަރްޔަމް ނަޝާއެވެ.

"އާރޓްސް އެންޑް ކަލްޗަރ ސެންޓަރު"ގެ ނަމުގައި ގާއިމުކުރާ މި މަރުކަޒަކުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމާއި، އުފެންދުންތެރި ވިޔަފާރިވެރިންނަށް ފުރުސަތުތަށް ފަހިކޮއްދިނުމާއި، ޒުވާނުން ސަގާފީ ކަންކަމަށް ހޭލުންތެރިކުރުވުމެވެ.

މި މަރުކަޒު ހިންގުމަށް ހަމަޖެހިފައިވަނީ ބީސީސީއާއި ޕޮލިޓެކްނިކް އިން ގުޅިގެންނެވެ.

އެގޮތުން މި މަރުކަޒާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވައި، ވިޔަފާރިވެރިންނާއި އެކި ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން މި މަރުކަޒުގައި ތަފާތު އެތަށް ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު