Monday, November 2
ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި ދެ ބިދޭސީއަކު ޑީޕޯޓްކޮށްލައިފި

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި މައްސަލާގައި ހައްޔަރުކުރި ބިދޭސީންގެ ތެރެއިން ދެ މީހަކު ޑީޕޯޓްކޮށްލައިފިއެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރި މައްސަލާގައި 5 ބިދޭސީއަކު ހައްޔަރުކުރީ މި މަހުގެ 5 ވަނަ ދުވަހުއެވެ.

އިމިގްރޭޝަނުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހުން ޑީޕޯޓްކޮށްލީ މިދިޔަ ހަފުތާގައި ކަމަށާއި ބާކީ ތިބި 3 މީހުން ވެސް ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް އެ މީހުން ރާއްޖެއިން ފޮނުވާލާނެ ދުވަހެއް ހާމަކުރެވޭނީ ލިޔެކިޔުމުގެ މަސައްކަތް ނިމުމުން ކަމަށް އިމްގްރޭޝަނުން ބުންޏެވެ.

މި 5 މީހުންގެ އަތުން ގިނަ ޢަދަދެއްގެ ފައިސާއާއި ޑެބިޓް އަދި ކްރެޑިޓް ކާޑުތަކެއް ފެނިފައިވެއެވެ. އިމިގްރޭޝަނުން ވަނީ މި ރެއިޑުގައި ހިފަހައްޓާފައިވާ ޑޮލަރާއި ދިވެހި ފައިސާއާއި ގިނަ އަދަދެއްގެ ޕާސްޕޯޓުގެ ފޮޓޯ އާއްމުކޮށްއެވެ.

މިދިޔަ މާޗު އަދި ޖުލައި މަހުގައި ވެސް އިމިގްރޭޝަނުން ވަނީ ކަޅު ބާޒާރުގައި ގަވާއިދާ ޚިލާފަށް ޑޮލަރު ވިއްކަމުންދިޔަ ބިދޭސީންތަކެއް ޑީޕޯޓުކޮށްލާފައެވެ.

މީގެއިތުރުން ރާއްޖޭން ގަވާއިދާ ޚިލާފަށް ބޭރުކުރަން އުޅުން 81,000 އަށްވުރެ ގިނަ ޑޮލަރާއެކު ބިދޭސީއަކު މިދިޔަ މަހު ހައްޔަރުކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު