އާދިއްތަ, November 1
ގޭންގް ކުށްތަކާ ގުޅިގެން 67 މީހަކު ހައްޔަރުކޮށްފި

މިދިޔަ 8 މަސް ދުވަހުގައި ގޭންގް ކުށްތަކާ ގުޅިގެން 87,775 ފަހަރު އެކި ސަރަހައްދުތައް ބަލައި ފާސްކޮށް، 67 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ޖެނުއަރީން ފެށިގެން އޮގަސްޓުގެ ނިޔަލަށް ގޭންގް މައްސަލަތަކާ ގުޅިގެން 12,253 މީހަކާ ސުވާލުކޮށްފައިވެއެވެ.

އޭގެތެރޭގައި 18 އަހަރުން މަތީގެ 2,583 މީހުން ހިމެނޭއިރު، 331 ކުޑަކުދިން ހިމެނެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން ގޭންގް ކުށްތަކާ ގުޅިގެން ސަރަހައްދުތައް ޗެކްކުރެވުނު އަދަދަކީ 87,775 އެވެ.

ގޭންގް ކުށްތަކާ ގުޅިގެން ޖުމްލަ 22 މައްސަލަ ހުށަހެޅުނުއިރު، 8 މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

މިހާރު މާލެ ސަރަހައްދުގައި ކުރަން ފަށާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 ގައި ކަނޑައެޅިފައިވާ ގޭންގް ކުށްތަށް ހުއްޓުވުމުގެ ލަނޑުދަނޑި ހާސިލު ކުރުމަށް ތަފާތު މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން އޮނިގަނޑަށް މި ފަހުން ގެނެވުނު ބަދަލާއެކު ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ވަކި ޚާއްސަ ވިންގެއް ވަނީ ގާއިމް ކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މާލެއާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަމުން ގެންދާނެކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު