Monday, November 2
މިދިޔަ 8 މަހުގައި 282 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި 282 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން މިއަދު ވަނީ މިދިޔަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ޑްރަގް އެންފޯސްމަންޓުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެ މުއްދަތުގައި ފުލުހުން ވަނީ މަސްތުވާތަކެއްޗާ ގުޅޭ 113 އޮޕަރޭޝަނެއް ހިންގާފައެވެ. އެ އޮޕަރޭޝަންތަކުގައި 8،554 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، 712 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ 8 މަސްދުވަހުގައި 158.8 ކިލޯގެ މަސްތުވާތަކެއްޗާއި 5,252 ބަނގުރާ ފުޅި ވަނީ އަތުލައިގެންފައެވެ. އެ ތަކެތީގެ މަގުމަތީ އަގު 282.2 މިލިއަން ރުފިޔާއަށް އަރައެވެ.

އެ މުއްދަތުގެ ތެރޭގައި މަސްތުވާތަކެއްޗާގުޅޭ 475 މައްސަލައެއް ފުލުހަށް ހުށަހެޅިއިރު، 230 މައްސަލައެއްގައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު