Monday, November 2
ކުށް މަދުކުރުމަށް ކުރަންޖެހޭ މަސައްކަތް ދެނެގަތުމަށް ސޭފްޓީ އެންޑް ސެކިއުރިޓީ ކޮމިޓީ އިފުތިތާހުކޮށްފި

ރަށްރަށުގައި ކުށް މަދުކުރުމަށް ކުރަންޖެހޭ މަސައްކަތް ދެނެގަތުމަށް ހިންގާ ސޭފްޓީ އެންޑް ސެކިއުރިޓީ ކޮމިޓީގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި ކޮމިޓީ އިފުތިތާހު ކުރުމަށް ތިނަދޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ދާޚިލީ ވުޒާރާއިން ވަނީ ގދ.އަތޮޅުގައި ހިމެނޭ 8 ރަށެއްގެ ކައުންސިލާއި ތިނަދޫ ސިޓީ ކައުންސިލާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫތަކުގެ މަގުސަދަކީ ކުށް މަދުކުރުމަށް ކުރަންޖެހޭ މަސައްކަތް ދެނެގަތުމާއި، ރަށުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހާލަތާއި ގުޅޭގޮތުން ދާޚިލީ ވުޒާރާއަށް ލަފާއަރުވައި، ރަށުގެ ކުށްމަދުކުރުމަށް އެ ރަށެއްގައި މާހައުލުގައި ހިމެނޭ ފަރާތްތަކާއިއެކު މަސައްކަތް ކުރުމަށް ކޮމެޓީތަކެއް އެކުލަވާލުމެވެ.

ދާޚިލީ ވުޒާރާއިން ބުނީ މި ކޮމެޓީތައް އެ ވުޒާރާއެކު މަސައްކަތް ކުރަމުންދާއިރު، ކޮމެޓީތަކުގެ މަސައްކަތް ވިލަސްރެސް ކުރާނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުން ކަމަށެވެ.

މިއީ ކުށްމަދު ކުރުމަށް ރަށު ރައްޔިތުންގެ އެކުލެވޭހެން އެއްބަސްވުންތަކެއްގެ ދަށުން މަސައްކަތް ކުރެވިގެންދާ ފުރަތަމަ ފަހަރެވެ.

ވުޒާރާއިން ބުނީ ގދ.އަތޮޅުގައި މި މަސައްކަތް ފެށުނު ނަމަވެސް އަމާޒަކީ ރާއްޖޭގެ ހުރިހާ ކައުންސިލާއިއެކު އެއްބަސްވުންތަކަކަށް އައިސް ކޮމެޓީތައް ގާއިމުކުރުން ކަމަށެވެ.

މި އެއްބަސްވުންތަކާއެކު، ދާޚިލީ ވުޒާރާގެ ދަށުން ހިންގާ ހުރިހާ އިދާރާއެއްގެ ޚިދުމަތްތައް ރަށްރަށުގައި ދިނުމަށް ކައުންސިލްތަކުގެ ގާބިލިއްޔަތުކަން ހުރި މިންވަރަކުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ދާޚިލީ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު