Monday, November 2
ރައީސް، އިންޑިއާއަށް ވަޑައިގަތުން އަންނަ މަހު!

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ރަސްމީ ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގައި ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަން ރައީސް އޮފީހުން ހާމަކުރީ މި މަހުގެ ފުރަތަމަކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ވަޑައިގަންނަވާނެ ދުވަހަކާ ގުޅޭ ގޮތުން ދެ ގައުމުގެ ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރުމަހުގައެވެ. މި ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ އެ މަހުގެ 07 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ ރަސްމީ ބަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޑރ. މުޢިއްޒުގެ މި ދަތުރުފުޅަކީ އެމަނިކުފާނު މިދިޔަ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

ރައީސް އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރު މޯދީ އާ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު