Saturday, October 31
މާފުށީ ޖަލުގައި ދަންޖެހުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި

މާފުށީ ޖަލުގައި ހުއްޓާ ދަންޖެހިގެން މަރުވި އުމުރުން 42 އަހަރުގެ މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މި މަހުގެ 24 ވަނަ ދުވަހު ދަންޖެހިގެން މަރުވީ ގ.އެއްތެޔޮމާގޭ ޢަބްދުލްޣަނީ އިސްމާޢީލް އެވެ.

އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ އެ ދުވަހު ހެނދުނު 6:52 ގައެވެ. އެއާއެކު ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދިޔައެވެ.

ކަރެކްޝަނުން ބުނީ އެ ދުވަހުގެ 7:21 ގައި ޢަބްދުލްޣަނީ ނިޔާވެފައިވާކަމަށް ޑޮކްޓަރު ކަނޑައަޅާފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިއްޔެ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ.

އޭނާއަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

ކަރެކްޝަންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް އިން ވެސް އަންނަނީ އޭނާ މަރުވި މައްސަލަ ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު