Monday, November 2
ސްކޭމްތަކުގައި ގެއްލުނު 2.2 މިލިއަން ރުފިޔާ ހޯދައިފި

ފުލުހުންގެ ޚިދުމަތަށް މި އަހަރު ރިޕޯޓްކޮށްފައިވާ ސްކޭމް މައްސަލަތަކުގައި ގެއްލިފައިވާ 2.2 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން މިއަދު ވިދާޅުވީ ސްކޭމް މައްސަލަތަކުގައި ގެއްލިފައިވާ 2.2 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށާއި މި އަދަދަކީ މި އަހަރުގެ ފުރަތަމަ 08 މަހުގައި ރިޕޯޓުކޮށްފައިވާ ސްކޭމް މައްސަލަތަކުން ހޯދާފައިވާ ފައިސާ ކަމަށެވެ.

އެކި ނަންނަމުގައި އެކި ޕްރޮމޯޝަންތަކުގެ ނަމުގައި އަދި މި ނޫން ވެސް ގޮތްގޮތަށް ރާއްޖޭގައި ސްކޭމްތައް ހިންގަމުން އަންނައިރު، ޝިފާން ވިދާޅުވީ އަދިވެސް ގިނަ ބަޔަކު ސްކޭމަރުންގެ ސްކީމްތަކަށް ހެއްލޭ ކަމީ ވަރަށް ދެރަކަމެއް ކަމަށެވެ.

ސްކޭމްތައް ހުއްޓުވުމަށްޓަކައި ފުލުހުންގެ ޚިދުމަތުގައި އެންޓި ސްކޭމް ސެންޓަރެއް ގާއިމުކުރުމަށް ފުލުހުންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާއިރު، އެ ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު