Monday, November 2
ރައީސް އަވަހާރަކޮށްލާނެކަމުގެ އިންޒާރު ދިން މައްސަލައެއް ތަހުގީގުކުރަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަކޮށްލާނެކަމުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިނީ އެމަނިކުފާނުގެ ސޯޝަލްމީޑިއާ ޕޭޖުން ރޭ ގެނެސްދިން ލައިވްއަށް ކުރި ދެ ކޮމެންޓެއްގައެވެ. އެ ޕޭޖުން އޭރު ލައިވްކުރަމުން ދިޔައީ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ރައީސް ދެއްވި ތަގުރީރެވެ.

ފުލުހުން މިއަދު ބުނީ ''Ablor Myad Yosef'' ގެ ނަމުގައި ސޯޝަލްމީޑިއާގައި ހަރަކާތްތެރިވާ މީހަކު، ރައީސް ޑރ. މުޢިއްޒަށް މަރުގެ އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

މި ނަމުގައި ސޯޝަލްމީޑިއާގައި ހަރަކާތްތެރިވާ އެ އައިޑީއަކީ އަސްލު އައިޑީއެއް ކަމެއް ނުވަތަ އެހެން މީހެއްގެ ފޮޓޯއާއި ނަން ބޭނުންކޮށްގެން ހިންގަމުން އަންނަ އައިޑީއެއް ކަމެއް އަދި ސާފެއް ނޫނެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު