Monday, November 23
ލުބުނާނުގައި އެއްގަމު މަގުން އޮޕަރޭޝަނެއް ހިންގުމަށް ތައްޔާރުވަމުންދާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި

އިސްރާއީލުން ލުބުނާނަށް ވައިގެ މަގުން ހަމަލާތައް ދީފައިވާ މި ދަނޑިވަޅުގައި އެ ގައުމުގެ އަސްކަރިއްޔާއިން ލުބުނާނުގައި އެއްގަމުގެ މަގުން އޮޕަރޭޝަނެއް ހިންގުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެފިއެވެ.

އިޒްރޭލުގެ ޗީފް އޮފް ސްޓާފް ޖެނެރަލް ހަރްޒީ ހަލެވީ ބުނި ގޮތުގައި މިހާރު ވައިގެ މަގުން ލުބުނާނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާނުލާނެ ކަމަށެވެ. އަދި މި ހަމަލާތަކަކީ އެއްގަމުގެ މަގުން ލުބުނާނަށް އަރައިގަތުމަށް ތައްޔާރުވުމަށާއި، ހިޒްބުﷲ ބަލިކަށިކޮށްލުމަށް ދެވޭ ހަމަލާތަކެއް ކަމަށް އަސްކަރީ ބަޔާނެއްގައި އޭނާ ބުނެފައިވެއެވެ.

ހިޒްބުالله އިން ވެސް ރައްދުގެ ހަމާލަތައް ވަރުގަދަކޮށްފައިވާއިރު، މި ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށާއި، މި ހަމަލާއަށް ތައްޔާރުވެ ތިބުމަށް ހަރްޒީ ހަލެވީ މި ބަޔާނުގައި ބުނެފައިވެއެވެ.

މީގެ ކުރިން އިސްރާއީލްގެ އަސްކަރިއްޔާއިން ބުނެފައި ވަނީ ބުދަ ދުވަހުގެ ހެނދުނުން ފެށިގެން މިހާތަނަށް ލުބުނާނުގައި ހުރި ހިޒްބުاللهއާ ގުޅުން ހުރި 280 އަށްވުރެ ގިނަ ތަނަކަށް ހަމަލާ ދީފައިވާ ކަމަށެވެ.

ލުބުނާނުގެ ސިއްހަތާބެހޭ އިދާރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ހޯމަ ދުވަހު އިޒްރޭލުން ލުބްނާނަށް ދޭން ފެށި ނުރައްކާތެރި ވައިގެ ހަމަލާތަކުގައި، ގާތްގަނޑަކަށް 610 މީހުން މަރުވެ، 2،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައިވެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން ބޯޑަރު ހުރަސްކޮށް ދިން ހަމަލާއަކާ ގުޅިގެން ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފެށި ހަނގުރާމަ ފެށުނީއްސުރެ، ހިޒްބުالله އާއި އިސްރާއީލުން ދަނީ ބޯޑަރު ހުރަސްކޮށް ހަމަލާތައް ބަދަލު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު