Monday, November 2
ގެއްލިގެން ހޯދަމުން އައި މީހާ ފެނިއްޖެ

ހުޅުމާލެއިން ގެއްލިގެން ހޯދަމުން އައި މީހާ ފެނިއްޖެއެވެ.

ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ ފުލުހުން ހޯދަމުން އައީ
ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް (30އ) އެވެ.

އޭނާ ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ހާމަކުރީ މިއަދު މެންދުރުފަހުއެވެ.

ދާދިދެންމެއަކު ފުލުހުން ބުނީ ސާއިފް މިހާރު ފެނިފައިވާ ކަމަށާއި އޭނާ ފެނިފައިވަނީ މާލެއިން ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސާއިފަކީ މިހާރު ހުޅުމާލޭގައި ދިރިއުޅެމުން އަންނަ މީހެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު