Monday, November 2
އޮކްޓޫބަރު މަހު ގަމާއި ފޮނަދޫގައި ވެމްކޯގެ ޚިދުމަތް ފަށަނީ

އަންނަ އޮކްޓޫބަރު މަހު ލ.ގަމާއި ފޮނަދޫގައި ވެމްކޯގެ ޚިދުމަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ވެމްކޯއިން ބުނީ އަންނަ އޮކްޓޫބަރު މަހު ގަމާއި ފޮނަދޫގައި އެ ކުންފުނީގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައްވަމުންދާ ކަމަށެވެ.

އެގޮތުން އެ ކުންފުނީގެ ޓީމުތަކުން އެ ދެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އެ ރަށްތަކުގެ ކުނި ނަގާނެ ގޭބީސީތަކުގެ ރަޖިސްޓްރީ ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން ބުނީ އެ ދެ ރަށުގެ 1700 ގެއަކުން ކުނި ނަގާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް މުވައްޒަފުން ނަގައި ތަމްރީނު ދިނުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

މި މަސައްކަތަށް ހަމަޖެހިފައިވާ ބިމުގައި އެ ކުންފުނީގެ އޮފީސް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވެމްކޯއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު