Monday, November 2
ކުޑަކުދިންގެ ތެރޭގައި ހަލުވިކަމާއެކު އާރްއެސްވީގެ ކޭސްތައް ފެތުރެނީ

ނޭވާލާ ނިޒާމަށްޖެހޭ ބައްޔެއްކަމަށްވާ ރެސްޕިރޭޓަރީ ސިންސީޝަލް ވައިރަސް (އާރްއެސްވީ) ގެ ކޭސްތައް ކުޑަކުދިންގެ ތެރޭގައި ފެތުރެމުންދާ މިންވަރު އިތުރުވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދުު ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އާރްއެސްވީގެ ކޭސްތައް ކުޑަކުދިންގެ ތެރޭގައި ފެތުރެމުންދާ މިންވަރު އިތުރުވެފައިވާތީ އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުންއައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުމާއި، މޭގައި ރިއްސުން ފަދަ އަލާމާތްތައް ހިމެނެއެވެ.

އެޗްޕީއޭއިން ވަނީ މިފަދަ އަލާމާތްތައް ފެންނަ ފަރާތްތަކުން ވީހާވެސް އަވަހަށް ފަރުވާ ހޯދުމަށް އިލްތިމާސްކޮޮށްފައެވެ.

މީގެއިތުރުން މި ބަަލި ފެތުރެމުންދާތީ ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެތެރޭގައި ރަނގަޅަށް އަތް ދޮވުމާއި، ކެއްސައި ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާކުރުމާއި، ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު