Monday, November 2
ތިން ރަށެއްގައި އައިސްޕްލާންޓާއި، އައިސް ސްޓޯރޭޖް ހެދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ތިން ރަށެއްގައި އައިސްޕްލާންޓާއި، އައިސް ސްޓޯރޭޖް ހެދުމަށް
ފިޝަރީޒް މިނިސްޓްރީއާއި މިފްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ސޮއިކުރި މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނި ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) އިލްޔާސް ހަނީފެވެ.

މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންޝަލް ކޮންޓްރޯލަރ އީނާޒް ނަސީރެވެ.

މިފްކޯއިން ބުނީ މި އެއްބަސްވުމުގެ ދަށުން 3 ރަށެއްގައި މުޅިން އަލަށް 30 ޓަނުގެ އައިސްޕްލާންޓާއި، 50 ޓަނުގެ އައިސް ސްޓޯރޭޖްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ތިން ރަށަކީ ދ.މީދޫ، ދ.ބަނޑިދޫ އަދި ށ.ފުނަދުއެވެ.

މިފްކޯއިން ބުނީ މިއީ ޓިއުބު އައިސް އުފައްދާ 3 އައިސް ޕްލާންޓު ކަމަށެވެ.

މިއީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށް ގެންދާ 24 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. ކޮންމެ އައިސް ޕްލާންޓެއްގެ އަގަކީ 8 މިލިއަން ރުފިޔާއެވެ. އަދި މި މަސައްކަތުގެ މުއްދަތަކީ 8 މަސް ދުވަހެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު