އާދިއްތަ, November 1
އިސްރާއީލުން ލުބްނާނަށް ދިން ވައިގެ ހަމަލާތަކުގައި 492 މީހުން މަރުވެއްޖެ

ލުބުނާނުގެ ހިޒްބުالله ޖަމާއަތަށް އަމާޒުކޮށް އިސްރާއީލުން ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި މިހާތަނަށް 492 މީހުން މަރުވެ، 1500 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފިއެވެ.

މި ހަމަލާތަކާ ގުޅިގެން ލުބްނާނުގެ ގިނަ އާއިލާތަކެއް ވަނީ އެމީހުންގެ ގެތައް ދޫކޮށް ރައްކާތެރި ހިސާބުތަށް ހިޖުރަ ކޮށްފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ލުބުނާނުގެ އެކި ސަރަހައްދުތަކުގައި ހުރި ހިޒްބުالله ގެ 1300 އެއްހާ ތަނަކަށް 650 އަށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން ބައެއް ހަމަލާތަކަކީ ހިޒްބުﷲ ގެ ވަކިވަކި މީސްމީހުންނަށް އަމާޒުކޮށްގެން ދިން ހަމަލާތަކެއް ކަމަށް ވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބުންޏެވެ.

ލުބުނާނުގެ ސިއްހަތާބެހޭ ވުޒާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި 35 ކުޑަކުދިންނާއި 58 އަންހެނުން ހިމެނޭއިރު، 1645 މީހުން ޒަޚަމްވެފައިވެއެވެ.

އެ ގައުމުގެ ހެލްތް މިނިސްޓަރު ފިރާސް އަބިއާދު ވިދާޅުވީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން އެތައް ހާސް އާއިލާތަކެއްގެ ގެދޮރު ގެއްލިފައިވާ ކަމަށެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ހާލަތު ގޯސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައި، ލުބްނާން ދެވަނަ ޣައްޒާއަކަށް ވާން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެފައެވެ.

ޣައްޒާއާއި އިޒްރޭލުގެ ދެކުނު ބޯޑަރުން ލުބުނާންގެ އުތުރުގައި ހަމަނުޖެހުންތައް ވަރުގަދަވުމާއެކު، އިޒްރޭލާއި ހިޒްބުﷲ އިން ހަނގުރާމައާ ދުރުވާން ދުނިޔޭގެ ބާރުތަކުން ދަނީ ގޮވާލަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު