Tuesday, November 3
ޓެކްސީއެއްގައި ބަނގުރާ އުފުލި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި

ޓެކްސީއެއްގައި ބަނގުރާ އުފުލިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ރަސުލް އުފާ ރިދޯއި (30 އ) އެވެ.

ފުލުހުން އޭނާގެ މައްޗަށް ކުރަނީ ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ވިޔަފާރިކުރުމުގެ ތުހުމަތެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

ފުލުހުން އޭނާއާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ސީސީޓީވީ ސްނެޕްޝޮޓްތަކާއި ސީންއަށް ދިޔަ ފުލުހެއްގެ ބަޔާން ހިމެނެއެވެ.

އޭނާ ދަތުރުކުރި ކާރުން ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށާއި އޭނާއަކީ މިބާވަތުގެ ކުށުގެ ރިކޯޑު އޮތް މީހެއް ކަަމަށް ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ކޯޓުގައި ރަސުލް ބުނީ ބަނގުރާ ފެނުނު ޓެކްސީއަށް އެރީ ދަތުރެއް ކުރަން ކަމަށެވެ. އަދި ކާރުގައި ބަނގުރާ ހުރިކަން އޭނާއަށް ނޭނގޭ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު