Tuesday, November 3
ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ބުރާސްފަތި ދުވަހު ހަމަވަނީ

ޒުވާނުންގެ އެވޯޑަށް ނަން ހުށަހަޅަން ބާކީ ދެ ދުވަހަށްވެއްޖެއެވެ.

ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް، ހިތްވަރުދިނުމުގެ ގޮތުން ދޭ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމަށް އަލުން ހުޅުވައިލި ފުރުސަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އަށެވެ.

އެޕްލިކޭޝަން ހުށަހަޅާނީ ގޫގުލްލިންކް ނުވަތަ ޔޫތު މިނިސްޓްރީ (ސޯޝަލްސެންޓަރ) އަށެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުން، އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެދުވަހަކު ހެނދުނު8:30 އިންމެންދުރު 14:00 އަށެވެ.

ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން އެ މިނިސްޓްރީގެ މެއިލް މެދުވެރިކޮށް އެޕްލިކޭޝަންހުށަހެޅުމަށް ޔޫތު މިނިސްޓްރީން ވަނީ އެދިފައެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ކުރިން އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު، ހުށަހަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެއެވެ.

މިއަހަރު ޒުވާނުންގެ އެވޯޑުގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އިނާމުދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:

·ވިޔަފާރިއާއި އިގުތިސާދު

·އާރޓްސް އެންޑް ކަލްޗަރ-ފަންނުވެރިކަމާއި ސަގާފަތް ދިރުވުން

·މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން

·ދަރުމަވެރިކަން

·ވޮކޭޝަނަލް ޓްރެއިނިންގ-ދަސްކޮށްދިނުން

·ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން

·ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުން

·މަސްވެރިކަމުގެ ދާއިރާ

·ދަނޑުވެރިކަމުގެ ދާއިރާ

·މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން

·ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން

·ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން

·ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން

·ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން

·ކުޅިވަރުގެ ދާއިރާއިން އާދަޔާ ޚިލާފު ހުނަރެއް ދައްކާފައިވާ ފަރާތްތައް

·ފަންނިއްޔާތުގެ ދާއިރާ

·ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ

ޒުވާނުންގެ އިނާމު ދިނުމުގެ މަގުސަދަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގިދިނުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު