Saturday, October 31
މާފުށީ ޖަލުގައި ހުރި ގައިދީއަކު ދަންޖެހިގެން މަރުވެއްޖެ

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ގައިދީއަކު ދަންޖެހިގެން މަރުވެއްޖެއެވެ.

މަރުވެފައިވަނީ ގ.އެއްތެޔޮމާގޭ ޢަބްދުލް ޣަނީ އިސްމާޢީލް (62 އ) އެވެ.

ކަރެކްޝަނަލް ސަރވިސްއިން ބުނީ މިއަދު ހެނދުނު 6:52 ގައި އޭނާ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި 7:21 ގައި އޭނާ ނިޔާވެފައިވާކަމަށް ޑޮކްޓަރު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ޢަބްދުލް ޣަނީއަކީ ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

ކަރެކްޝަނުން ބުނީ ޢަބްދުލް ޣަނީ މަރުވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

ކަރެކްޝަންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް އިން މިކަން ތަހުގީގުކުރަން ފަށާފައިވާއިރު، މި ހާދިސާއާ ގުޅިގެން ފުލުހުންގެ ޚިދުމަތުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ޢަބްދުލް ޣަނީ ދަންޖެހިގެން މަރުވި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު