Wednesday, October 28
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ގާއިމުކުރުމާ ގުޅޭގޮތުން ސަރުކާރާ އެކު އިންޑިއާ އިން މަޝްވަރާތައް ފަށައިފި

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ގާއިމުކުރުމާ ގުޅޭގޮތުން ސަރުކާރާ އެކު އިންޑިއާ އިން  މަޝްވަރާތައް ފަށައިފި އެވެ.

މިކަން ރަސްމީކޮށް އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައި ނުވިނަމަވެސް ބައެއް މީޑިއާތަކުން ވަނީ މިކަން ރިޕޯޓުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާގޮތުން އައްޑޫގައި އިންޑިއާ ކޮންސިއުލޭޓު ގާއިމުކުރަމަށް އިންޑިއާއިން ހުށަހަޅާއިރު ރާއްޖެއިން ބޭނުންވާ އެހެން ސްޓޭޓެއްގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓު ގާއިމުކުރުމަށް އިންޑިއާއިން ފުރުސަތު ދޭނެއެވެ.

އިންޑިއާގެ ކެޕިޓަލް ސިޓީ، ނިއު ދިއްލީގައި ދިވެހި ހައިކޮމިޝަން ހުންނައިރު، އެންމެ ގިނަ ދިވެހިން ދިރިއުޅޭ ޓްރިވެންޑްރަމްގައި ދިވެހި ކޮންސިއުލޭޓެއް ވެސް ހުރެ އެވެ.

ރާއްޖޭގައި  ކޮންސިއުލޭޓެއް ގާއިމުކުރަން އެ ގައުމުގެ ކެބިނެޓުން ވަނީ 2021 ވަނަ އަހަރު ފާސްކޮށްފައެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރާ ދެކޮޅަށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވަރަށް ހޫނުކޮށް ކުރިން ވަނީ ބަހުސް ކުރެވިފައެވެ. އަދި އިންޑިއާގެ އެހީގައި އައްޑޫގައި ގާއިމުކުރެވުނު ޕޮލިސް ޓްރޭނިންގ ސްކޫލަކީ އިންޑިއާ މިލިތަރީ ބޭހެއް ކަމަށް އަޑުތައް އޭރުވަނީ ފެތުރިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު