Wednesday, October 28
ބީއެމްއެލްގެ ބޯޑު މެންބަރު އައިޝަތު ސަޖުނީ އިސްތިއުފާ ދެއްވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ އެއް މެންބަރު، އައިޝަތު ސަޖުނީ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އައިޝަތު ސަޖުނީ އިސްތިއުފާ ދެއްވި ސަބަބު މިވަގުތު ސާފުވެފައެއް ނުވެއެވެ. އަދި މިހާރު އޭނާ ހުންނެވީ ރާއްޖެއިން ބޭރުގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި އިސްތިއުފާއާ ގުޅިގެން ފާހަގަކޮށްލެވޭ ކަމަކީ، ފާއިތުވި ދުވަސްތަކުގައި ބީއެމްއެލްގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ވަރަށް ގިނަ އަދަދަކަށް އިސްތިއުފާ ދެއްވާފައިވާ ކަމެވެ.

މީގެ ތެރޭގައި ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަޤާމުގައި ހުންނެވި ކާލް ސްޓުމަކް އަދި ބޯޑު މެންބަރު އައިޝަތު ނޫރައްދީން ހިމެނެއެވެ. އައިޝަތު ނޫރައްދީން އިސްތިއުފާ ދެއްވީ އޮގަސްޓު 27 ގަ އެވެ. އަދި  ސްޓުމަކް އިސްތިއުފާ ދެއްވީ ސެޕްޓެމްބަރު 9 ގަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު