Wednesday, October 28
ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން ހިފަހައްޓައިފި

އުމުރުން ދުވަސްވީ މީހަކު ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން ހިފަހައްޓައިފި އެވެ.

ކަސްޓަމްސް އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިދިޔަ ހޯމަ ދުވަހު ސްރީލަންކަން އެއަރލައިންސްގެ ފްލައިޓަކުން އައި  65 އަހަރުގެ ދިވެހި ފިރިހެނަކު ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައިވެއެވެ. މި ތަކެތީގެ ތެރޭގައި 349 ގްރާމްގެ ހެރޮއިން ހިމެނެއެވެ

މީގެ އިތުރުން، މިދިޔަ ބުދަ ދުވަހު ރާއްޖެއަށް ގެނެވުނު އެއަރ ކާގޯ ޝިޕްމަންޓަކާއި ޕޯސްޓް ޕެކޭޖަކުން ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ހާމަކުރައްވާފައިވެއެވެ. މި ތަކެތި އިބްތިދާއީ ޓެސްޓުކުރުމުން ހެރޮއިން، ސިންތެޓިކް ކެތިނޯން، ކެނަބިސް އަދި އެކްސްޓަސީއަށް ޕޮޒިޓިވްވެފައިވެއެވެ. ޕޯސްޓުން ފެނުނު ތަކެތީގެ ތެރޭގައި 582 ގްރާމްގެ ސިންތެޓިކް ކެތިނޯން ހިމެނެއެވެ

ކަސްޓަމްސްއިން އިތުރަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ފަހުން މި ފެނުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަންން 9 ކިލޯއަށް އަރައެވެ. މި މައްސަލަތައް ތަޙްޤީޤުކުރުމަށްޓަކައި، ހައްޔަރުކުރެވުނު ފިރިހެނާއާއި އަތުލެވުނު މަސްތުވާތަކެތި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިފައެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު