އާދިއްތަ, November 1
މާލީ ދަތިކަމުން އަރައިގަތުމުގައި ރާއްޖެއަށް އެހީވާނެކަމަށް އިންޑިއާ އިން ބުނެފި

ރާއްޖެއަށް ދިމާވެފައިވާ މާލީ އުނދަގޫތަކުން ސަލާމަތްކޮށްދިނުމުގައި އެހީވާން އަވަށްޓެރި އިންޑިއާ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އިންޑިއާގެ ނޫހެއް ކަމުގައިވާ "އިކޮނޮމިކް ޓައިމްސް" ގައި އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ހަމަޖައްސަން ކުރިން ނިންމާފައި އޮތް 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ކުރީ ސަރުކާރުން، 2019 ވަނަ އަހަރު ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ވެސް އެހީ ހޯދުމުގެ ފުރުސަތު އެބަ އޮތް ކަމަށް، ނަން ހާމަނުކޮށް ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވެފައިވެ އެވެ.

މިހާތަނަށް ރަސްމީކޮށް އެ އެހީއަށް ރާއްޖެއިން އެދިފައިވާ ކަމެއް ނޭނގެ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަން ނިންމާފައިވާ ދަތުރުފުޅުގައި އެކަމާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން އަންނަނީ ރާއްޖޭގެ ފޮރިން ކަރަންސީގެ ރިޒާވް ރަނގަޅު ކުރުމަށްޓަކައި 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު