އާދިއްތަ, November 1
ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލު ކޮށްދޭން އެދި ސަރުކާރަށް ޕެޓިޝަނެއް

ރަށުން ބަދަލުވުމަށް ރަތްމަންދޫ ރައްޔިތުން ސޮއިކޮށް ހުށައަޅާފައިވާ ޕެޓިޝަނެއް އެ ރަށު ކައުންސިލުން ސަރުކާރަށް ހުށައަޅައިފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް ރައީސް ސޮއިކުރައްވައި މިދިޔަ މަހު 15 ވަނަ ދުވަހު ރައީސަށް ފޮނުވި ސިޓީގައި ވަނީ ރަށުގެ ގިނަ ރައްޔިތުންތަކެއް ސޮއިކޮށްފައިވާ ޕެޓިށްޝަން ސަރުކާރަށް ހުށަހަޅައި އެ ރަށު ރައްޔިތުންނަށް މިކަމާއި ގުޅެގޮތުން އޮތް ހައްލަކީ ކޮބައި ކަމާއި އެ ރަށު ރައްޔިތުންނަށް އޮތް ފުރުސަތުތަށް ބަލަން އެދިފައެވެ.

މި ޕެޓިޝަން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކަށް މިހާރު ހުށަހަޅާފައިވީ ނަމަވެސް އެ ކައުންސިލުން ވަކި ގޮތެއް ނިންމާނީ ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކުން އަންގާ ގޮތެއްގެ މައްޗަށް ކަމަށް ރަތްމަންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލަށް ހުށަހަޅާފައިވާ ޕެޓިޝަންގައި ބުނެފައިވާ ގޮތުން އެ ރަށު ރައްޔިރުން ރަތްމަންދޫން ބަދަލުވާން ބޭނުންވާ މައިގަނޑު ސަބަބު ތަކަކީ އާބާދީ މަދުވުމާއި އަސާސީ ހިދުމަތްތައް ވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ލިބުމުގެ ފުރުސަތު ނެތްކަމަށް ފެންނާތީ އެވެ.

އެ ރަށުގައި މި ވަގުތު ދިރިއުޅެނީ 239 މީހުންނެވެ. އެއީ 118 އަންހެނުންނާއި 121 ފިރިހެނުންނެވެ. ދަރިވަރުންގެ އަދަދު މަދުވުމުން ރަސްމީ ތައުލީމު ފޯރުކޮށްދެނީ ގްރޭޑް 6 އާ ހަމައަށެވެ. ސްކޫލުގައި ތިބީ އެންމެ އަށް ދަރިވަރުންނެވެ. ޓީޗަރުންނަށް އުޅެނީ ވެސް ތިން ބިދޭސީން ކަމަށް އެ މައުލޫމާތުތަކުގައިވެ އެވެ.

ރަތްމަންދޫގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި އިންޖީނުގެ މީހުން ނޫޅޭ ސަރަހައްދަކަށް ބަދަލުކޮށް ޒަމާނީ ފެންވަރަކަށް ނިމިދިޔަ ރައީސް ސޯލިހުގެ ވެރިކަމުގައި ވަނީ ހަދައިފަ އެވެ. އަދި ފެނާއި ނަރުދަމާގެ މަސައްކަތް ވެސް އެ ރަށުގައި ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ހަސަން - 2024-09-13T18:37:42

    ވެރީ ގުަޑް