އާދިއްތަ, November 1
ރައީސް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގަންނަވަނީ

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ވަރަށް އަވަހަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ވަރަށް އަވަހަށް ރައީސް ޑރ. މުއިއްޒު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އެ ދަތުރުފުޅަށް އެންމެ ރަނގަޅު ތާރީޚެއް ކަނޑައެޅުމަށް ދެ ގައުމުގެ ދެ މެދުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ރައީސް އެންމެ ފަހުން އިންޑިއާ އަށް ވަޑައިގެންނެވީ އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާކުރެއްވި ރަސްމިއްޔާތަށެވެ. ނަމަވެސް އެ ދަތުރުފުޅުގެ ފަހުން ރައީސް އަދި އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައެއް ނުވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކުރީ ސަރުކާރުގެ ވެރިކަމުގައި ހިނގި "އިންޑިއާ އައުޓް" ކެމްޕެއިނަށް ފަހު ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވުމުން ދެ ގައުމު ދޭތެރޭގައި އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރު ވެފައެވެ.

ސަރުކާރުން ހާމަކުރާ ގޮތުގައި ރައީސްގެ މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމު ދޭތެރޭގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ވެގެން ދާނެއެވެ. ނަމަވެސް ރައީސް އޮފީހުން ދަތުރުފުޅާ ގުޅޭ އެއްވެސް އަދި ނުދެއްވަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު