އާދިއްތަ, November 1
ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މިއަދު ހެނދުނުގެ ވަގުތެއްގައި ކުޅުދުއްފުށީ ފަޅުތެރެއިން މަރެވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، ކުޅުދުއްފުށީގެ ފަޅުތެރޭގައި މަރުވެފައި އޮއްވައި ހެނދުނު 8:30 ހާއިރު ފެނުނީ އެ ރަށު ޑެއިޒީފެހި، 36 އަހަރުގެ މުހައްމަދު ހަސަން އެވެ.

އެ ރަށު ހޮސްޕިޓަލްއިން މައުލޫމާތުދިން ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފަ އެވެ.

މި މައްސަލައާއި ގުޅިގެން މުހައްމަދު ހަސަން މަރުވެފައި އޮއްވާ ފެނުނު ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.

އެ ރަށު މީހުން މައުލޫމާތު ދިން ގޮތުގައި އޭނާ މޫދުން ނެގި އިރުވެސް ވަނީ މަރުވެފައި ކަމަށާއި ހަށިގަނޑު ވެސް އޮތީ "ހަރުވެފައި" ކަމަށެވެ.

ނަމަވެސް އޭނާ މަރުވީ ކިހިނެއްކަން އެނގިފައި ނުވާ އިރު މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރި ވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު