Tuesday, October 13
ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޝަފްނީޒް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ސ. ހުޅުދޫ، ބަކީޗާގެ އަހްމަދު ޝަފްނީޒް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ފާސްކޮށްފިއެވެ.

އެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ތިން ބޭފުޅެއްގެ ނަން ވަނީ ފޮނުއްވާފައެވެ. އެއީ ސ. ހުޅުދޫ، ބަކީޗާގެ އަހްމަދު ޝަފްނީޒް، ވ. މިއަރެސް އަހުމަދު މައުސޫމް އަދި ކ. ދިއްފުށި، ކަނދުގަސްދޮށުގެ މަރިޔަމް ޖައިދާއެވެ.

މި މައްސަލަ ދިރާސާކުރުމުގެ ތެރެއިން މަޖިލީހުގެ އިގްތިސާދީ ކޮމިޓީން އެ ބޭފުޅުންނާ އިންޓަވިއުކޮށް، ކޮމިޓީގެ މެންބަރުން މާކްސް ދެއްވިއެވެ. މަޖިލީހުގެ ގަވާއިދުގެ ދަށުން، މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފައިވާ މިންގަނޑުގައިވާ ގޮތުގެމަތިން 75 ޕަސެންޓް މަތިން މާކްސް ލިބުނީ ޝަފްނީޒަށެވެ. ޝަފްނީޒަށް ލިބުނީ 96.20 ޕަސެންޓް މާކްސްއެވެ.

އެހެންކަމުން، އެ މަގާމަށް ޝަފްނީޒް އައްޔަންކުރަން ފާސްކޮށް، މި މައްސަލަ ދިރާސާކުރި ރިޕޯޓު ކޮމިޓީން ވަނީ މަޖިލިސް ތަޅުމަށް ފޮނުވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު