އާދިއްތަ, November 1
ނ. ހޮޅުދޫ ގައި ކަރުގައި ބޮޑެތި ޒަޚަމްތަކަކާއެކު މަރުވެފައި އޮތް އަންހެނެއް ފެނިއްޖެ

ނ. ހޮޅުދޫ ގެއެއްގެ ތެރެއިން  ކަރުގައި ބޮޑެތި ޒަހަމްތަކަކާއެކު މަރުވެފައި އޮތް އަންހެނަކު މިއަދު ފެނިއްޖެ އެވެ.

އެ ރަށު މީހުން ނޫސްތަކަށް މައުލޫމާތު ދީފައިވާ ގޮތުން މަރުވެފައި އޮތްވާ ފެނުނު ޒަކިއްޔާއަކީ ނަފުސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށެވެ. ނަމަވެސް ނަފުސާނީ މައްސަލައަށް ފަރުވާ ހޯދާކަމެއް އެނގިފައި ނުވަ ކަމަސް އެ ރަށު ރައްޔިތުން ބުނެއެވެ.

ފުލުހުން ބުނީ ހޮޅުދޫގައި ޒަހަމްތަކަކާއެކު އަންހެނަކު އޮތް ކަމަށް ރިޕޯޓު ލިބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ރިޕޯޓް ލިބުމާއެކު ފުލުހުން އެތަނަށް އެޓެންޑުވެ އޭނާ އެ ރަށު ހެލްތު ސެންޓަރަށް އޭނާ ގެންދިޔަ ކަމަށެވެ. ގެންދިޔުމުން އޭނާ އޮތީ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

މަރުވެފައި އޮއްވާ ފެނުނީ އެ ގޭގެ ކުނި ނަގަން އެ ވަގުތު ވަން މުނިސިޕަލް މުވައްޒަފުންނަށް ކަމަށް. އޭނާ މަރުވެފައި އޮތްވާ ފެނުނު އިރު ކައިރީ ބޮޑު ވަޅިއެއް އޮތްކަން ވެސް އެ ރަށުން ނޫސްތަކަށް މައުލޫމާތު ދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ހޮޅުދޫގައި މިހާރު ފުލުހުންގެ ފޮރެންސިކް ޓީމެއް ހަރަކާތްތެރިވަމުން އެބަދެއެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު