އާދިއްތަ, November 1
ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައި 57 މީހަކު ހާލުގައި ޖެހިއްޖެ

ސޯސަން މަގުގައި ހުންނަ ކެފޭއެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން 57 މީހަކު ހާލުގައި ޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ އިން ބުނެފި އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން 37 މީހަކު ހާލުގައި ޖެހިފައިވާ ކަމަށެވެ. އަދި ހާލުގައި ޖެހިފައި ވަނީ 37 ދިވެހިންނާއި 20 ބިދޭސީން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.މި

ހާލުގައި ޖެހުނު މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތައް އެ އޮތޯރިޓީން ކުރަމުންދާ ކަމުގެ މައުލޫމާތުވެސް އެ އޮތޯރިޓީއިން ދިނެވެ.

އަލިފާނުގެ ހާދިސާ ހިނގި ކެފޭގެ މަތީ ދެ ފްލޯ ބޭނުންކުރަނީ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކް އެއްގެ ގޮތުގައެވެ.

ބިދޭސީން ހިނގާ ކެފޭގެ މަތީ ފްލޯގެ ބަދިގެއެއްގައި އަލިފާނުގެ ހާދިސާ ހިނގާފައި ވާއިރު އަލިފާނުގެ އަސަރު ކައިރީ ހުރި އިމާރާތައްވެސް ކޮށްފައި ވެއެވެ.

އިއްޔެ މެންދުރު ފަހު 3:30 ހާއިރު ރޯވި އެ އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ނިއްވާލީ ގަޑިއިރެއް ހާއިރުވި ފަހުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް މާ ބޮޑު އަނިޔާއެއް ނުވި ނަމަވެސް، ދުމުގެ އަސަރުކޮށްގެން ބިދޭސީ ދެ މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ކުރިން ބުންޏެވެ. އަލިފާނުގެ ހާދިސާ ހިނގި ކެފޭއާ އެކު، އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު