Monday, October 12
ތެލެސީމިއާ އެލަވަންސަށް މިދިޔަ މަހު މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި

ތެލެސީމިއާ ބަލި ތަޙައްމަލުކުރާ ފަރާތްތަކަށް ސަރުކާރުން ދޭ ޚާއްޞަ މާލީ އެލަވަންސްގެ ގޮތުގައި ނިމިދިޔަ ސެޕްޓެމްބަރު މަހު އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ތެލެސީމިއާ އެލަވަންސްގެ ގޮތުގައި 541 ފަރާތަކަށް ޖުމްލަ 1,082,000 ރުފިޔާ ވަނީ ދޫކޮށްފައެވެ. މިދިޔަ މަހު އެލަވަންސް ދިނުމަށް އަލަށް ހަމަޖައްސައިދެވުނު 6 ފަރާތެއްވެސް މީގެ ތެރޭގައި ހިމެނެއެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ނޭޝަނަލް ތެލެސީމިއާ ރަޖިސްޓްރީގައި ހިމެނޭ ކޮންމެ ފަރާތަކަށް މި އެލަވަންސް ދޫކުރަނީ މަހަކު 2,000 ރުފިޔާގެ މަގުންނެވެ. އެލަވަންސް ހަމަޖައްސައިދެނީ އެންސްޕާ މެދުވެރިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ތެލެސީމިއާ ހުންނަ ފަރާތްތަކަށް ޚާއްޞަ މާލީ އިނާޔަތެއްގެ ގޮތުގައި މި އެލަވަންސް ދޭން ފަށާފައިވަނީ 1 ޖެނުއަރީ 2026 ގައެވެ.

މި އެލަވަންސްގެ މައިގަނޑު މަޤްޞަދަކީ ތެލެސީމިއާ ހުންނަ ފަރާތްތައް ގަވާއިދުން ހޯދަންޖެހޭ ޞިއްޙީ ފަރުވާއާއި، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ޢާއިލާތަކުން ކުރަންޖެހޭ ޚަރަދުތަކަށް ލުޔެއް ހޯދައިދިނުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު