Thursday, October 8
އުރަމަތީގެ ކެންސަރު އަވަހަށް ދެނެގަނެ، ސްކްރީނިންގ ހެދުން ލަސްނުކުރުމަށް މެޑަމް ސާޖިދާ އިލްތިމާސްކުރައްވައިފި

އުރަމަތީގެ ކެންސަރު ކުރީކޮޅުގައި ދެނެގަނެ، ފަރުވާ ހޯދުމަށް ލަސްނުކޮށް ސްކްރީނިންގ ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ 7 ވަނަ އަހަރީ ސިމްޕޯޒިއަމް އިފްތިތާޙުކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ، ބަލި ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ ފަރުވާ ހޯދުމުގެ ފުރުޞަތު ބޮޑުވެ، ބަލިން ފަސޭހަވުމުގެ އުންމީދު އިތުރުވެގެންދާނެ ކަމަށެވެ. އަދި އަންހެނުންގެ އުރަމައްޗަށް އަންނަ ބަދަލުތަކަށް ސަމާލުވެ، އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ޞިއްހީ އެހީތެރިކަން ހޯދުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.

ޒަމާނީ ވަސީލަތްތަކާއި ޚާއްޞަ ތަޖުރިބާކާރުންގެ އެހީގައި ބަލި ދެނެގަތުމުގެ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ކުދިކުދި ބަދަލުތައް ދެނެގަތުމުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފުމާއި ޞިއްހީ ދާއިރާގައި އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ މުހިންމުކަމަށް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، ރާއްޖެ އުފެދިފައިވާ ގޮތުން ދިމާވާ ގޮންޖެހުންތަކާ އެކު، މުޅި ރާއްޖޭގައި އުރަމަތީގެ ކެންސަރުގެ ޚިދުމަތްތައް ހަރުދަނާކޮށް، ރިފަރަލް ނިޒާމު ރަނގަޅުކޮށް ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު