Wednesday, October 7
އަތޮޅުތެރޭގައި ތިބި ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިން/ ފޮޓޯ- މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށްދާ މީހުންނަށް، އެމީހަކު ދިރިއުޅޭ ރަށާ އެންމެ ކައިރި ހޮސްޕިޓަލުން ނުވަތަ ސިއްހީ މަރުކަޒަކުން ހިލޭ ވެކްސިން ޖެހޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދީފިއެވެ.

ކުރިން ހަމައެކަނި މާލެއަށް ޚާއްސަވެފައި އޮތް މި ޚިދުމަތް އަތޮޅުތެރެއަށް ފުޅާކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އަންނަ ނޮވެމްބަރު މަހުގެ އުމްރާ ދަތުރުން ފެށިގެންނެވެ. މާލޭގައި އަރބަން ޕްރައިމަރީ ހެލްތު ސެންޓަރުން މި ޚިދުމަތް ލިބޭއިރު، އަތޮޅުތަކުގައި ތިބި ފަރާތްތަކުން ހައްޖު ކޯޕަރޭޝަންގެ "ފަހެލި" ޕޯޓަލް މެދުވެރިކޮށް "ވެކްސިން ޖެހުމަށް އެދޭ ލިޔުން" ނެގުމަށްފަހު ކައިރި ސިއްހީ މަރުކަޒަކަށް ދެއްކެވުމުން ވެކްސިން ދެވޭނެއެވެ. އަދި އެ ލިޔުމަށް ސްޓޭޓް ފާމާގެ ބޭސްފިހާރަތަކުން އިންފްލުއެންޒާ ވެކްސިންވެސް ހިލޭ ލިބޭނެއެވެ.

ހައްޖާއި އުމްރާއަށް ފުރާއިރު މެނިންޖައިޓިސް، އިންފްލުއެންޒާ އަދި ޕޯލިއޯ ވެކްސިން ފުރިހަމަކުރަންޖެހޭއިރު، މިއީ ކަމާބެހޭ އިދާރާތަކާއި ސްޓޭޓް ފާމާއާ ގުޅިގެން އުމްރާވެރިންނަށް ލުއިފަސޭހަކޮށްދިނުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ހައްޖު ކޯޕަރޭޝަނާ ގުޅުއްވުމަށް އެ ކޯޕަރޭޝަނުން އެދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު