Wednesday, October 7
ހުޅުމާލޭގެ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: އެޗްޑީސީ އެމްޑީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު/ފޮޓޯ- އެޗްޑީސީ

ހުޅުމާލޭގެ ސޯޝަލް ހައުސިން ފްލެޓުތަކުގައި ދިރިއުޅޭ އާއިލާތަކުގެ ތެރެއިން 50 އިންސައްތަ މީހުން ގަވާއިދުން ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެޗްޑީސީން 12،000 އަށް ވުރެ ގިނަ ފްލެޓް ބަލަހައްޓަމުން އަންނައިރު، މާލީ ދަތިތަކާއި އެކި ސަބަބުތަކާ ހުރެ އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ފްލެޓުން ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދައްކާ މީހުންގެ ތެރޭގައި ފްލެޓް ލިބުނު ފަހުން އެއްވެސް ފައިސާއެއް ނުދައްކާ މީހުންނާއި ދޭތެރެދޭތެރެއިން ކުލި ނުދައްކާ މީހުން ހިމެނެ އެވެ.

އެޗްޑީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މެއި މަހާ ހަމައަށް ކުލީގެ ގޮތުގައި ނުލިބި 700 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ވަނީ އެއްވެފަ އެވެ. އެހެންވެ، ކުލި ހޯދުމަށްޓަކައި ކޮންމެ ތިން މަހަކުން އެއްފަހަރު "ޕޭމަންޓް އެޑްވައިސް" ނޯޓިސް ފޮނުވަން ވަނީ ފަށައިފަ އެވެ.

މީގެ އިތުރުން، ގަވާއިދާ ހިލާފަށް އެހެން ފަރާތްތަކަށް ފްލެޓު ކުއްޔަށްދޭ މައްސަލަތައް ބެލުމަށް ހިޔާގެ ހުރިހާ ފްލެޓެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި، ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީން ނެރުމަށް ފްލެޓުތަކުގެ ވެރިފަރާތްތަކަށް އަންގަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު