ވިލިމާލެއާ ދިމާ ބޭރު ކަނޑުމަތީގައި މިއަދު ހަވީރު ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
މިއަދު ހަވީރު 4:50 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، މި ހާދިސާގައި ދެ އުޅަނދަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނީ އިތުރަށް ތަހުގީގުކުރަމުންނެވެ.






