Wednesday, October 7
ސިނަމާލެ ބްރިޖުގައި ކަސްރަތު ކުރާ އަންހެނަކަށް ފުރައްސާރަކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި

ސިނަމާލެ ބްރިޖަށް ފަތިހު ކަސްރަތަށްދާ އަންހެނަކަށް ތިން މަސް ދުވަސް ވަންދެން އެކި ފަހަރުމަތިން ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މި މައްސަލަ ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 6:00 ހާއިރު ކަމަށާއި، މިހާރު އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މި މައްސަލަ ފުލުހަށް ހުށަހެޅުމުގެ ކުރިން، ފުރައްސާރަކުރި ކަމަށް ތުހުމަތުކުރާ ފިރިހެންމީހާއާ އެ އަންހެންމީހާ ސުވާލުކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި، ކަސްރަތުކުރާ ވަގުތުތަކުގައި އެ ފިރިހެންމީހާ ފަސްފަހަތުން ހިނގަމުންދާ ކަމަށާއި، އެކަމަށް އިތުރަށް ކެތްނުކުރެވިގެން ކުރިމަތިލީ ކަމަށް އަންހެންމީހާ ބުނެފައިވެ އެވެ. އަދި އަންހެންމީހާ ސުވާލުކުރުމުން "ސޮރީ" ބުނެފައި އެ ފިރިހެންމީހާ ދުވެފައިދާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެ އެވެ.

އަންހެންމީހާ ބުނިގޮތުގައި މި ފުރައްސާރައިގެ ސަބަބުން ބްރިޖުމަތީގައި ހަމަޖެހިލައިގެން ހިނގާލައި ހަދަން ވެސް މިހާރު ދަތިވެފައިވެ އެވެ. އަދި ހެންވޭރު ޕޮލިހަށް ގޮސް މި މައްސަލަ ރަސްމީކޮށް މިހާރު ވަނީ ހުށަހަޅާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު