ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، އެ މަސައްކަތްތަކުގެ ދުވެލި ހަލުވިކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ وއުފުޅުތަކާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްދާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވައި، ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުދަލު ލިބުމުގައި ދިމާވި ދަތިތަކަށް ހައްލު ހޯދައި، މަޑުޖެހިފައިހުރި ގިނަ މަޝްރޫއުތަކެއް އަލުން ބާރު ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުންގެ މަޖިލީހަށް އިރުޝާދުދެއްވާފައެވެ. އޭގެ އިތުރުން، ކަނޑައެޅިފައިވާ މުއްދަތުތަކަށް ވަކިވަކި މަޝްރޫއުތައް ނިންމުމަށް އިތުރު ހިތްވަރަކާއެކު ގުޅިގެން މަސައްކަތްކުރުމަށްވެސް އެމަނިކުފާނު ބާރުއަޅުއްވާފައިވެއެވެ.






