އއ. ހިމަންދޫއަށް ބޯޓަކުން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުންގެ އިންޓެލިޖެންސް އޮޕަރޭޝަނެއްގައި ހޯދައިފިއެވެ.
ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހިމަންދޫ ޕޮލުސް ސްޓޭޝަން ގުޅިގެން މިދިޔަ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހު ހިންގި މި ހާއްސަ އޮޕަރޭޝަނަކީ، އެ ރަށަށް ދަތުރުކުރަމުންދާ ލޯންޗެއްގައި މަސްތުވާތަކެތި އުފުލާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ ލޯންޗު ހިމަންދޫއަށް އައުމުން، އެ އުޅަނދުގައި ހުރި ފޮށިގަނޑެއް ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 40 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެ، ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.






