ގއ. އަތޮޅުގައި އޮންނަ ފަޅު ރަށަކަށް ދިޔަ މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވެގެން މިއަދު މެންދުރު 2:30 ހާއިރު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު ވަނީ ނިޔާވެފައެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ކޮލަމާފުށީ، "އުދަރެސް"، އުމުރުން 45 އަހަރުގެ އަހުމަދު މިސްހާގެވެ.
ފުލުހުން އަންނަނީ މި މައްސަލައާ ގުޅޭ އިތުރު ތަފުސީލުތައް ބަލައި، ތަހުގީގުކުރަމުންނެވެ.






