މާލޭގައި ބަނގުރާ އުފައްދައި، ވިއްކައިގެން ވިޔަފާރިކުރަމުން ދިޔަ އިންޑިއާގެ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި އުމުރުން 23 އަހަރުގެ ކަންނަން އިރުލައްޕަމެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މިދިޔަ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، އެ މީހުން ދުއްވި ސައިކަލާއި މާލޭގެ ގެއެއް ވަނީ ބަލައި ފާސްކޮށްފައެވެ. އެ ތަންތަން ބަލައި ފާސްކުރުމުގެ ތެރެއިން ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 906 ފުޅިއާއި، 16 ޓައްޕުގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވެއެވެ. އަދި އެ މީހުން ދުއްވަން ބޭނުންކުރި ސައިކަލު ވަނީ ޓޯކޮށްފައެވެ.
މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ ދެ މީހުން ވެސް މިހާރު ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.






