Monday, October 5
މާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ސީއީއޯ އާއި ސީޕީ ބައްދަލުކުރައްވައިފި

މާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ސީއީއޯ އާއި ސީޕީ ބައްދަލުކުރައްވައިފި/ފޮޓޯ- މޯލްޑިވްސް ޕޮލިސް ސާވީސް

މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން، ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ސީއީއޯ ޔޫސުފް މާނިޢު އާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ގްރޭޓަރ މާލެ ސަރަހައްދުގައި ދިމާވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަތައް ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުންނެވެ.

މީގެއިތުރުން، މަގުމަތީގެ އަމާންކަން ގާއިމުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރިއަށްދާނެ ގޮތްތަކާމެދު ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު