ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޒުވާނުންގެ ކުރިމަގު އުޖާލާކުރުމުގެ މަޤުޞަދުގައި 2025 އޮކްޓޯބަރު 1 ގައި ފެށި މި ޚިދުމަތުގެ ސަބަބުން ކޮންމެ އަހަރަކު އެއްހާސް ޒުވާނުން ތަމްރީނު ކުރުމަށް ކަނޑައެޅި ލަނޑުދަނޑި ފުރަތަމަ އަހަރުވެސް ޙާޞިލުވެފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ފާއިތުވި އެއް އަހަރުގެ ތެރޭގައި ނޭޝަނަލް ސަރވިސް އިނީޝިއޭޓިވްގެ ދަށުން 1,028 ޒުވާނުން އަދި ސްކިލް ޓްރޭނިންގ ޕްރޮގްރާމުން 136 ޒުވާނުން ތަމްރީނު ކޮށްފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، މި ޕްރޮގްރާމަށް ފަންނީ އިތުރު ދާއިރާތަކާއި އިންޓަރންޝިޕް ފުރުޞަތުތައް ތަޢާރަފްކުރުމަށާއި، ތަމްރީނު ނިންމާ ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމުގައި "ނޭޝަނަލް ކެރިއަރ ސަރވިސް" ގެ ދައުރު ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.






