Monday, November 16
ތ. ވަންދޫގައި ސިހުރު ހެދިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ތ. ވަންދޫގައި ސިހުރު ހެދުމުގެ ތުހުމަތެއްގައި މިއަދު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި، ވަންދޫގައި ސިހުރު ހަދާކަމަށް ބުނެ ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރު 18:05 ހާއިރުއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 61 އަހަރުގެ ދިވެހި ފިރިހެނެކެވެ. މައުލޫމާތު ލިބޭ ގޮތުގައި ހައްޔަރުކުރެވިފައި ވަނީ އެރަށު މުދިމެކެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު