Thursday, November 19
އަމީނީ މަގުން އަލުން ތާރުއެޅި ސަރަހައްދު އަންނަ އާދިއްތަ ދުވަހު ހުޅުވަނީ
އަމީނީ މަގުގެ ތާރުގަނޑު ހަލާކުވެގެން އަލުން މަރާމާތުކުރުމަށްފަހު އެ މަގުން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަހައްދު އަންނަ އާދިއްތަ ދުވަހު ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

އެމްޓީސީސީން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށްވާ ސެގްމަންޓް އެކެއް އާދިއްތަ ދުވަހު ހުޅުވާލާނެއެވެ. އަދި ސެގްމަންޓް ދެއެއްގެ ގޮތުގައި ހިމެނޭ، ދިވެހިރާއްޖޭގެ އަޑު ކުރިމަތީ އޮންނަ ހަތަރުއަނގޮޅި ކަންމަތީގައިވެސް މިހާރުވަނީ ތާރު އަޅައި ނިންމާފައެވެ. ނަމަވެސް އެ ސަރަހައްދު ހުޅުވާނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އަމީނީ މަގުގެ ފަހުކޮޅުގެ ތާރުގަނޑު އުފުލި، އެ މަގުން ދަތުރުކުރާ ފަރާތްތަކަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާންޖެހުމާ ގުޅިގެން ޝަކުވާ ބޮޑުވުމުން، މިދިޔަ ޖޫން މަހުގެ ފަހުކޮޅު އެ ސަރަހައްދު ބަންދުކޮށް، އަލުން ތާރުއަޅައި މަރާމާތުކުރަން ފެށިއެވެ. މި މަސައްކަތާ ގުޅިގެން އެ މަގުން ދަތުރުކުރާ ބައެއް ބަސް ރޫޓުތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު