Monday, November 16
ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ
ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަން ބޭނުންވެފައިވާ މީހަކު އާންމުންގެ އެހީތެރިކަމާއެކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފެމިލީ އެންޑް ޖެންޑަރ އެފެއަރޒް އިން ތަހުގީގުކުރަމުންދާ ޖިންސީ ފުރައްސާރަކުރުމުގެ މައްސަލައަކާ ގުޅިގެން ވީޑިއޯއިން ފެންނަ މީހާ ހޯދަން ބޭނުންވެފައިވާ ކަމަށެވެ. ނަމަވެސް އެ މީހަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާކަމަށެވެ.

ވީމާ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފެމިލީ އެންޑް ޖެންޑަރ އެފެއަރޒްގެ ނަންބަރު 9790163 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު