Monday, November 16
ނައިފަރުން ގެއްލިގެން ހޯދަމުންދިޔަ 17 އަހަރުގެ ކުއްޖާ ފެނިއްޖެ

ޅ. ނައިފަރުން ގެއްލިގެން ހޯދަމުންދިޔަ 17 އަހަރުގެ މުޙައްމަދު އަޙްޔާން ޙުސައިން ފެނިއްޖެއެވެ.

ފުލުހުންގެ މުއައްސަސާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އަޙްޔާން ފެނިފައިވަނީ ނައިފަރުގެ ގެއެއްގެ ތެރޭގައި ހުއްޓައެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވަނީ  މައުލޫމާތުދީފައެވެ.

ޅ. ނައިފަރު، ނޫކަނޑު، މުޙައްމަދު އަޙްޔާން ޙުސައިން (17އ) ގެއްލިގެން ނައިފަރު ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރު 5:30 އެހާކަންހާއިރުއެވެ. އާއިލާއާ ހަވާލާދީ ފުލުހުން ކުރިން ބުނެފައިވަނީ، އަޙްޔާން އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރު 27 ވަނަ ދުވަހު ނައިފަރުގައި ދިރިއުޅޭ ގެއިން ކަމަށެވެ. އަދި އޭގެ ފަހުން ޚަބަރެއް ނުވެގެން ފޯނަށް ގުޅުމުންވެސް ޖަވާބު ނުދޭތީ، އާއިލާއިން އޭނާ ހޯދުމުގެ މަސައްކަތް ފެށިއެވެ.

ނަމަވެސް، ފުލުހުންނާއި އާންމުންގެ އެހީތެރިކަމާއެކު ކުރެވުނު މަސައްކަތުން އަޙްޔާން މިހާރު ވަނީ ސަލާމަތްތެރިކަމާއެކު ފެނިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު