ފުލުހުން ހާމަކުރި ގޮތުގައި، އަނގޮޅިތީމު ގެއަކަށް މީހަކު ވަދެ އުމުރުން ދުވަސްވީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކޮށް، އިންޒާރުދިން މި ހިތާމަވެރި ހާދިސާ ފުލުހުންނަށް ހުށަހަޅާފައިވަނީ ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ރޭ 8:30 އެހައިކަންހާއިރުއެވެ. އެނގިފައިވާ ގޮތުގައި، އެ އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިއަށް ވަދެ އިޝާ ނަމާދަށް ހުއްޓައެވެ. ނަމަވެސް، މި ހާދިސާ ހިނގައިދިޔަ ގޮތުގެ އިތުރު ތަފްސީލެއް އަދި ސާފެއް ނުވެއެވެ.މި ހާދިސާގައި އަނިޔާލިބުނު އަންހެން މީހާއަށް އަނގޮޅިތީމު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ 44 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު 28 ވަނަ ދުވަހުގެ ރޭ 21:57 އެހައިކަންހާއިރުއެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.






