Monday, November 16
މާލެ ގެއެއްގައި އުފެއްދި 4،000 އަށްވުރެ ގިނަ ސިނގިރޭޓް ކާޓޫން ނައްތާލައިފި
މާލޭ ހެންވޭރު ގެއެއްގެ އެޕާޓްމަންޓެއްގައި ހިންގި އޮފީހެއްގައި ގާނޫނާ ހިލާފަށް ސިނގިރޭޓް އުފައްދަމުންދިޔަ މައްސަލައެއްގައި އަތުލައިގަތް ގިނަ އަދަދެއްގެ ސިނގިރޭޓާއި ދުންފަތް ފުލުހުން ނައްތާލައިފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ދޫނިދޫގައި އިއްޔެ ނައްތާލާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ 30 ގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ތަކެއްޗެވެ. މި އޮޕަރޭޝަނަކީ ސިނގިރޭޓް އުފައްދާ މެޝިން ބަހައްޓައިގެން ގާނޫނާ ހިލާފަށް ސިނގިރޭޓް އުފައްދާ ކަމަށް ތުހުމަތުކުރެވިގެން ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި އަތުލައިގަތް ތަކެތީގެ ތެރެއިން ނައްތާލާފައިވަނީ 4،285 ސިނގިރޭޓް ކާޓޫނާއި، 232 ފޮށި ސިނގިރޭޓުގެ އިތުރުން 93.60 ކިލޯގެ ދުންފަތެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މިފަދަ ތަކެތި ނައްތާލުމުގެ އުސޫލުގެ މަތިން، މި ތަކެތި ނައްތާލާފައިވަނީ އެކަމަށްޓަކައި ހާއްސަކޮށް އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު