Saturday, November 28
ބަންގްލަދޭޝް ސަފީރު، ޕޮލިސް ކޮމިޝަނަރގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ދިވެހި ފުލުހުންނަށް ފަންނީ ތަމްރީނާއި ގާބިލުކަން އިތުރުކުރުމުގެ ފުރުސަތުތައް ބަންގްލަދޭޝް މެދުވެރިކޮށް ފަހިކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ މެދުގައި މަޝްވަރާކޮށްފިއެވެ.

ފުލުހުންގެ މުއައްސަސާއިން ހާމަކުރި ގޮތުގައި، މި މަޝްވަރާތައް ކުރިއަށްދިޔައީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އެމްޑީ ނަޒްމުލް އިސްލާމް، ޕޮލިސް ކޮމިޝަނަރ އަޙްމަދު މުޙައްމަދުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާއި ބަދަހި އެއްބާރުލުން ކޮމިޝަނަރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ދެ ޤައުމުގެ ފުލުހުންގެ މުއައްސަސާގެ ގުޅުން އިތުރަށް ވަރުގަދަކުރުމާއި، ދިވެހި ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ބަންގްލަދޭޝްއިން ތަމްރީނު ފުރުސަތުތައް ހޯދައިދިނުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު