އާދިއްތަ, November 15
ރާއްޖެއާއި ގަތަރާ ދެމެދު އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި
ދިވެހިރާއްޖެއާއި ގަތަރާ ދެމެދު އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށްގެންގޮސްފިއެވެ. މި މަޝްވަރާތައް ބޭއްވުނީ ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓަރު ހަސަން ޒަރީރު، ގަތަރުގެ ފިނޭންސް މިނިސްޓަރު އަލީ ބިން އަހުމަދު އަލް ކުވާރީއާ އެކު ދޯހާގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ޤައުމުގެ އަމިއްލަ ވިޔަފާރިތަކާއި ޕްރައިވެޓް ސެކްޓަރު ކުރިއެރުވުމަށް ހުރި ފުރުސަތުތަކުގެ މައްޗަށެވެ. މީގެ އިތުރުން، އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އިގުތިސާދީ ކުރިއެރުން ހޯދުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވޭނެ އާ މަގުތައް ހޯދުމާ ގުޅޭގޮތުން ދެ ވަޒީރުން ވަނީ ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު