އާދިއްތަ, November 1
ގެސްޓްހައުސް އަކުން ސީރިއަސް ޒަޚަމްތަކަކާ އެކު މީހަކު ފެނިއްޖެ

މާލެ ހެންވޭރުގައި ހުރި ގެސްޓްހައުސްއެއްގެ ތެރެއިން ސީރިއަސް ޒަޚަމްތަކެއް ލިބިފަވާ މީހަކު ފެނިއްޖެ އެވެ.

ޒަޚަމްތަކަކާ އެކު ފެނުނު މީހާއަކީ އެ ގެސްޓްހައުސްގައި އުޅޭ މީހެއް ކަމަށާއި އެ މީހާ ފެނިފައި ވަނީ ހަބަރެއް ނުވެގެން އޭނަގެ ކޮޓަރިއަށް ފުލުހުން ވަދެ ބެލި އިރެވެ.

ޒަޚަމްވެފައި އޮތް މީހާއަށް ފަރުވާދޭން މިހާރު އައިޖީއެމްއެޗްއަށް ގެންގޮސްފައި ވާއިރު އެނާއަށް މިހާރު ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނި ގޮތުގައި ޒަޚަމްތަކަކާއެކު ގެސްޓްހައުސްއިން ފެނިފައި ވަނީ ދިވެހި ފިރިހެނެކެވެ. އެ މީހާ އަށް ލިބިފައިވާ ޒަޚަމްތަކުގެ ތަފްސީލު ފުލުހުން ހާމައެއް ނުކުރެއެވެ.

މި މީހާ ފެނިފައި މިވަނީ ރަހީނުކޮށްގެން ބިރުދައްކައިގެން މީހުންގެ އަތުން ފައިސާ ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާ ދުސްވަރެއްގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު